މެއި މަހު ދައުލަތުގެ ބެލުމުގެ ދަށަށް 3 ކުދިން ގެނެވުނު

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ މެއި މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ތިން އަންހެން ކުދިން ގެނެވިފައިވާކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މެއި މަހާ ހަމައަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 148 ކުދިން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ 82 ފިރިހެން ކުދިންނާއި 66 އަންހެން ކުދިންނެވެ.

މެއި މަހު މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 97 މައްސަލަ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ 23 މައްސަލައާއި، ޖިސްމާނީ އަނިޔާގެ 22 މައްސަލައެވެ.

މީގެއިތުރުން، އާއިލީ 38 މައްސަލައާއި، ކުދިންގެ އަޚްލާޤީ 32 މައްސަލަ ވެސް މެއި މަހު ވަނީ ހުށަހެޅިފައެވެ. އަދި ގެވެށި އަނިޔާގެ 33 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 17 މައްސަލައާއި، ޖިންސީ އަނިޔާގެ 12 މައްސަލަ ހިމެނެއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މެއި މަހު އެ މިނިސްޓްރީގެ ހެލްޕްލައިންތަކަށް ޖުމްލަ 2،259 ފޯނު ކޯލު ވަނީ ލިބިފައެވެ. މިއީ ކުޑަކުދިންނާއި އާއިލާތަކަށް ދިމާވާ އެކި މައްސަލަތަކާ ގުޅިގެން އެހީތެރިކަމަށް އެދި ގުޅާފައިވާ ކޯލުތަކެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ