މިސަރުކާރުން ރައްޔިތުންނަށް ލުޔެއް ހޯދައިދޭ ކޮންމެ ވަގުތަކު، އެމްޑީޕީ މެންބަރުންގެ ހިތަށް އަސަރު ކުރާނެ: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

މިސަރުކާރުން ރައްޔިތުންނަށް ލުޔެއް ހޯދައިދޭ ކޮންމެ ވަގުތަކު، އެމްޑީޕީ މެންބަރުންގެ ހިތަށް އަސަރު ކުރާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަ އެވެ. ނާޒިލް ވިދާޅުވީ ބީއެމްއެލްއިން ޑެބިޓް ކާޑުތަކުގެ ލިމިޓް މަހަކަށް 500 ޑޮލަރަށް ބޮޑު ކުރުމަކީ ސްކޭމެއް ކަމަށާއި، ލިމިޓް ބޮޑު ކުރުމާއެކު ބޭރުގެ ބައެއް ސައިޓްތަކުން ވިޔަފާރި ކުރުމުން 30 ޕަސެންޓްގެ ފީއެއް ނެގުމަށް ބީއެމްއެލްއިން ނިންމާފައިވާ ކަމަށެވެ.

އެ ވާހަކައަށް ރައްދުދެއްވާ ޝުޖާއު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ލުޔެއް ހޯދައިދޭ ކޮންމެ ވަގުތަކު، އެމްޑީޕީ މެންބަރުންގެ ހިތަށް އަސަރު ކުރާނެ ކަމަށެވެ.

”މިފަދަ ކޮންމެ ލުޔެއް ދިވެހި ރައްޔިތުންނަށް މިސަރުކާރުން ހޯދައިދޭ ކޮންމެ ވަގުތަކު، އަޅުގަނޑުމެނަށް އެނގޭ އެމްޑީޕީގެ މެންބަރުންގެ ހިތަށް އަސަރު ކުރާނެކަން.“ ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވާފައިވާ، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މުދައްރިސުންގެ ގާބިލުކަން އިތުރުކޮށް، މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

މި ވައުދުފުޅު ފުއްދެވުމުގެ ތެރެއިން، މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު މަދުކުރެވޭނެ ކަންކަމާއި ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕް ލައިންގެ ހިދުމަތް މުދައްރިސުންނަށް ބޭނުންކުރެވޭނެގޮތް ހަމަޖެއްސީ މިސަރުކާރުންކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.

ޝުޖާއު ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން މުދައްރިސުންނާއި ސިއްހީ ދާއިރާގެ ފަރާތްތަކަށް ގިނަ ވަގުތު މަސައްކަތުގައި އުޅުމަށް މަޖުބޫރުކޮށް އޮނިގަނޑު ހެދިކަމަށެވެ. އަދި އެގޮތަށް ހެދުމަށްފަހު ކުރިން ލިބެމުންދިޔަ މުސާރައާއި އިނާޔަތްތައް ކަނޑާލި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން، ޓީޗަރުން ގިނަ ވަގުތު ސްކޫލްތަކުގައި ހޭދަކުރާތީ، ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގިނަ ވަގުތު ސްކޫލްތަކުގައި ހޭދަނުކުރުމަށް ޓީޗަރުންނަށް ބާރު އެޅުއްވި ކަމަށެވެ. އަދި އެކަން ކުރީ ޓީޗަރުންގެ ސިއްހަތާއި ދުޅަހެޔޮ ކަމަށް އިސްކަން ދިނުމުގެ ގޮތުންކަންވެސް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ