އެމްއޭސީއެލްއަށް މިދިޔަ އަހަރު 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މިދިޔަ އަހަރު ކުންފުނީގެ ތާރީޚުގައި ވެސް ނުދެކޭވަރުގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އެގޮތުން ކުންފުންޏަށް 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ހާމަކޮށްފަ އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި މި ޖަލްސާގައި ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާއަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.2 އިތުރު އަދަދެކެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗެއަރޕާސަން ނޫރައިން ވިދާޅުވީ، އެމްއޭސީއެލްއިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުންފުނީގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި، އިތުރު ކާމިޔާބީތައް ހޯދުމަކީ އެމްއޭސީއެލްގެ އުންމީދު ކަމުގައި ފާހަގަކުރެއްވި އެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލްއާ އެކު ކުންފުނިން ދެމުންދާ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއްކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތަކީ މިވަގުތު އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެވެ.

އައިޝަތު ނޫރްޢައިން ޖަނާހު އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ