އިރާނުގެ ވަރުގަދަ ހަމަލާތަކެއް، އިޒްރޭލުގެ 8 މީހުން މަރާލައިފި

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން އިރާނަށް ހަމަލާދިނުމުން، އޭގެ ރައްދުގައި އިރާނުން އިޒްރޭލަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިރާންގެ ބެލެސްޓިކް މިސައިލް ހަމަލާތައް ރޭ އިމާޒުކޮށްފައިވަނީ އިޒްރޭލުގެ ތެލަވީވް އަދި ހައިފާ ސިޓީއަށެވެ.

ބޭރު މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އިރާނުން ރޭ ދީފައިވާ ހަމަލާތަކުގައި އިޒްރޭލުގެ 8 މީހަކު ވަނީ މަރާލާފަ އެވެ. އަދި މި ހަމަލާތަކުގައި 80 އަށްވުރެ ގިނަ މީހުން ޒަހަމުކޮށްލާފައިވެ އެވެ.

އިޒްރޭލުން ވެސް އިރާނަށް ހަމަލާތައް ދެމުންދާއިރު، އިޒްރޭލްގެ ހަމަލާތަކުގައި އިރާނުން މިހާތަނަށް 220 މީހުން މަރާލާފައިވެ އެވެ. އޭގެތެރޭގައި 70 އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ.

އިރާނުން އިޒްރޭލަށް ހަމަލާތައް ދޭން ފަށާފައިވަނީ އިޒްރޭލުން އިރާންގެ އެކި ތަންތަނަށް ހަމަލާދޭން ފެށުމުންނެވެ. އެގޮތުން އިރާންގެ ވެރިރަށް ރެހްރާން އަދި އެ ގައުމުގެ އެކި ހިސާބުތަކަށް އިޒްރޭލުން އަންނަނީ ހަމަލާދެމުންނެވެ. ބްރާސްފަތި ދުވަހުން ފެށިގެން ދެގައުމުން ހަމަލާތައް ބަދަލުކުރަމުންދާއިރު، އިޒްރޭލުގެ ހަމަލާތަކަށް އިރާނުން އަންނަނީ ވަރުގަދަ ރައްދު ހަމަލާތައް ދެމުންނެވެ.

އިރާން އިޒްރޭލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ