ތ. ވޭމާންޑޫއަށް ބޮޑު މަހެއް ލައްގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯއިން ފެންނަ ގޮތުގައި އެއީ ޕައިލެޓް ވޭލްއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާތްގަނޑަކަށް 20 ފޫޓުގެ މި މަސް އެ ރަށަށް ލައްގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ރަށުގެ ރައްޔިތުންނަށް އެ ބޮޑު މަސް ފެނުނުއިރުު އޮތީ މަރުވެފަ އެވެ. އެހެންކަމުން އެ ރަށުގެ ރައްޔިތުންގެ ވަނީ އެ މަސް، ކަނޑަށް ބޭރުކޮށްލާފަ އެވެ
މެދުރާއްޖެތެރެއިން އާންމުކޮށް ފެންނަ ޕައިލެޓް ވޭލް މި ސަރަހައްދުން އެންމެ ގިނައިން ފެންނަނީ އޭޕްރިލް މަހާއި ޖޫން މަހާ ދޭތެރޭގަ އެވެ.
