އޮފް ސީޒަންގައި ފަތުރުވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ޝިއުރީ

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ އޮފް ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށްކަމަށް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިއުރީ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ދުވަސްވަރު އެމްއެމްޕީއާރްސީން އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއި، އެ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށްކަމަށް ޝިއުރީވަނީ ވިދާޅުވެފަ އެވެ. އަދި މި މަޤްސަދު ހާސިލުކުރުމަށްޓަކައި ޔޫރަޕްގެ އެކި ގައުމުތަކުގައި ރޯޑްޝޯތައް ބޭއްވުމުގެ އިތުރުން، އެމްއެމްޕީއާރްސީގެ ޓީމުތަކުން މިހާރުވެސް ޖަރުމަނުވިލާތުގައިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްޑީ ޝިއުރީ ފާހަގަކުރެއްވި އެވެ.

ދާދި ފަހުން ނޫސްތަކުން ފެނިގެންދިޔަ ފަދައިން، ލަންޑަންގެ އެކި ސަރަހައްދުތަކުގައި ބިލްބޯޑުތަކާއި، ބަސްތަކާއި އަދި އަންޑަގްރައުންޑް ސްޓޭޝަންތަކުގައި އެކި މާކެޓިންގ ކެމްޕޭންތައް ކުރިއަށް ގެންދާ ކަމަށްވެސް އެމްޑީ ޝިއުރީ ވިދާޅުވި އެވެ.

އަޅުގަނޑުމެން ވަރަށް ޓާގެޓެޑް ފޯކަސް ކެމްޕޭންތަކެއް މިހާރުވެސް ހަމަ ޕްލޭން ކުރަމުން މިދަނީ. އަދި މި ދުވަސްވަރާ ގުޅޭ ގޮތަށް އަޅުގަނޑުމެން އެކިއެކި ހަރަކާތްތައް ކުރިއަށް މި ގެންދަނީ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލް ވެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ