މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ބަންދުގައި ބަހައްޓާ ރިމާންޑު ސެންޓަރުތަކުގައި މިހާރު 178 މީހުން ފަރުވާ ހޯދަމުންދާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ލުބުނާ ވިދާޅުވީ، ރިމާންޑަށް ގެނެވޭ ގިނަ މީހުން ވަނީ ޑްރަގް ކޯޓު މެދުވެރިކޮށް ރިހެބިލިޓޭޝަން ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވައްދާފައި ކަމަށެވެ. އަދި ފަރުވާއަށް ނުވެއްދި ތިބީ ކްރިމިނަލް ކޯޓުގައި މައްސަލަ އޮތް މަދު ބައެއް ކަމަށާއި، އެ މައްސަލަތައް ނިމުމުން އެ މީހުންގެ ފަރުވާވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ރިމާންޑްގެ ފަރުވާއަށް ނެގުނު ގިނަ މީހުން ވަނީ ރިހިބިލިޓޭޝަންގެ ޓްރީޓްމަންޓް ޕްލޭންގެ ތެރެއަށް ވެއްދިފައި، އޭގެ މާނައަކަށް ޑުރަގު ކޯޓު މެދުވެރިކޮށް ފަރުވާއަށް ހުކުމް ކުރެވިފައޭ ވަނީ“ ލުބްނާ ވިދާޅުވިއެވެ.
ލުބްނާ ފާހަގަކުރެއްވި ގޮތުގައި އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނެވެ. އަދި ކުޑަކުދިން އުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނެގުމުގެ މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކޯލްތައް މާލެ ސަރަޙައްދުންނާއި އަތޮޅުތެރެއިން ވެސް ވަރަށް ގިނައިން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ދާދިފަހުން ތިން ރިހެބިލިޓޭޝަން ސެންޓަރެއް ވަނީ ރިމާންޑް ސެންޓަރުތަކަކަށް ބަދަލުކޮށްފައެވެ. އެއީ ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި، ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އަދި ސ. ހުޅުދޫ ވިލުނު ސެންޓަރެވެ.
މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް އެންޑީއޭއާއި ފުލުހުން ގުޅިގެން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހުއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން މަސްތުވާތަކެތި
