ފިޔޯރިއާ އިންވެގެން އޮންނަ ފަޅުރަށްތައް ތަރައްޤީކޮށްދިނުމަށް ކައުންސިލުން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ގދ. ފިޔޯރިއާ އިންވެގެން އޮންނަ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ނިންމަވައިދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.

ކައުންސިލްގެ ފަރާތުން މިގޮތަށް އެދުނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސެއިން މުހައްމަދު ލަތީފްއާ، ރަށު ކައުންސިލްގެ މެމްބަރުން ބައްދަލުކުރައްވަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އިއްޔެ އެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ. އެގޮތުން، އެ ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، އަދި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވެ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ގދ. ފިޔޯރީގެ އާބާދީއަކީ 637 އެވެ. އެ ރަށާ އިންވެގެން ގިނަ ފަޅު ރަށްތަކެއް އޮވެ އެވެ. އޭގެއިތުރުން އެ އަތޮޅު ރަތަފަންދޫއާ، ނަޑެއްލާ، ހޯނޑެއްދޫ އަދި މަޑަވެލިވެސް އޮންނަނީ އެއް ފަޅެެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ގދ. ފިޔޯރި

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ