ދިރާގުން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިރާގުން ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ފައިސާގެ ތެރޭގައި ދިރާގުން ސީދާ ހަދިޔާކުރި 150,000 ރުފިޔާގެ އިތުރުން، ރޯދަމަހު ”ޑޮނޭޓް އޮން ދިރާގުއެޕް“ ޕްރޮގްރާމް މެދުވެރިކޮށް އާންމުން ހަދިޔާކުރި ފައިސާވެސް ހިމެނެ އެވެ.

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމްއާ މި ޑޮނޭޝަން ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފައިސާ ބޭނުންކުރެވޭނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް މިނިސްޓްރީން ކަނޑައަޅާފައިވާ މުހިންމު ޕްރޮގްރާމްތަކަށެވެ.

ދިރާގުން ވަނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ”އިންކްލޫޝަން“ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ކުޑަކުދިންގެ މުސްތަޤުބަލަށް ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

”ޑޮނޭޓް އޮން ދިރާގުއެޕް“ ޕްރޮގްރާމަކީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮކަންތައްތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ދިރާގުން ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ފާހަގަކޮށްފައިވެ އެވެ.

އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް ދިރާގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ