ސިނަމާލެ ބްރިޖުގައި ރޭ ހިނގި ދެ އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެެއްޖެ އެވެ.
ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް މަޑުކުރުމުން ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހުނު ފަހުން ފަހަތުން އައި ކާރެއް ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮއްވާ އެ ކާރުގައި 2 ސައިކަލެއް ޖެހުމުންކަމަށެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 9:48 ހާއިރުކަމަށް ފުލުހުން ބުނެ އެވެ. މި އެކްސިޑެންޓްގައި 2 މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުރަތަމަ އެކްސިޑެންޓު ހިންގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި އިތުރު އެކްސިޑެންޓެއް ހިންގާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ. އެގޮތުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާގެ ފަލަމަސްގަންޑު ބިންދައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.
މި 2 އެކްސިޑެންޓުގައި އަނިޔާވި 3 މީހުނަށް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.