ރައްޔިތުންގެ މެދުގައިއޮތް ސިޔާސީ ހަސަދަވެރިކަން ނައްތާލަންޖެހޭ: މެންބަރު މުހައްމަދު އިސްމާއިލް

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ނިންމެވުންތައް ނިންމަވަނީ ގައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށާއި އެހެންކަމުން ރައްޔިތުންގެ މެދުގައި އޮތް ސިޔާސީ ހަސަދަވެރިކަން ނައްތާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ގަދަރާއި އިއްޒަތް ހޯދޭނީ ގަދަރާއި އިއްޒަތް ދީގެން ކަމަށެވެ. އަދި ވިސްނާ ފިކުރުކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމަކައް ދިވެހިރާއްޖެ ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

2023 ނޮވެންބަރ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ފިކުރު އެއްފަރާތްކޮއް ދިވެހި ގައުމާ ދިވެހި ރައްޔިތުންގެ ހައްގުގައި ނިންމަވަމުންދާ ނިންމެވުންތަކާމެދު ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.

”ސިޔާސީ ހަސަދަވެރިކަމާ ޒާތީހަސަދަވެރިކަން ނައްތާލަންޖެހޭ. ކާބަފައިން ދައްކުވައިދީފައިވާ އެއްބައިވަންތަ އެކުވެރިކަމުގެ ގުޅުންތައް އިތުރަށްއާލާކޮށް، ހިނިތުންވުމާއެކު އެކަކު އަނެކާއަށް މުވާމަލާތް ކޮށްއުޅުނު އާދަކާދަތައް ދިރުވާ އާލަކުރާ ރައްޔިތުން ތަކެއްއުޅޭ ފަސްގަނޑަކައް ހަދަން މަޖުބޫރުވެއްޖެ.“ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މީގެއިތުރުން މެންބަރު ވިދާޅުވީ ސިޔާސީ ފިކުރުގައިޖެހި ހަސަދަވެރިކަން އިސްކުރުމުން އިޖުތިމާއީ އަދާލަތު ގެއްލި ބައިބައިވުންއިތުރުވެ ރައްޔިތުންނާ ގައުމުގެ ހާލަތު ދުވެހެއް ދުވަހަކަށް ގޯސްވެގެން ދިއުން ނޫން ކަމެއްނުވާނެކަން މާޒީގެ ފަތްފުށްތަކުން ފެންނަކަމަށެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ