ފަލަސްތީނުގެ 1000 މީހަކަށް ސައުދީ ރަސްގެފާނުގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު

Advertisement

އެންމެ ފަސް

Advertisement

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ފަލަސްތީނުގެ 1000 މީހަކަށް މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވައިފި އެވެ. ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް /

ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާފައިވަނީ، ފަލަސްތީނުގެ ޝަހީދުންނާއި، ބަންދުގައި ތިބި މީހުންނާއި، ޒަހަމްވެފައިވާ މީހުންގެ އާއިލާތަކުގެ ތެރެއިން އަންހެނުންނާއި ފިރިހެނުން ހިމެނޭހެން 1,000 މީހުންނަށެވެ. މިއީ އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ދެއްވާ ފުރުސަތެއް ކަމަށް ސައުދީ ގެޒެޓްގައި ބުނެފައިވެ އެވެ.

މިކަން ކުރައްވާފައިވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަމަށްވެސް ބުނެފައިވެ އެވެ.

މީގެކުރިން އަހަރުތަކުގައިވެސް ސައުދީ ރަސްގެފާނުގެ ހަރަދުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާފައިވެ އެވެ. އެގޮތުން 2024 ވަނަ އަހަރު ހައްޖުގައި ސައުދީ ކަމާބެހެ ފަރާތްތަކުން ވަނީ ފަލަސްތީނުގެ 2000 މީހުނަށް ހިލޭ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެއްވާފަ އެވެ.

2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 53,475 އަށް އަރާފަ އެވެ. އަދި މި ހަމަލާތަކުގައި  121,398 މީހުންނަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވާ ކަމަށްވެސް ރިޕޯޓު ކޮށްފައިވެ އެވެ.

ހައްޖު ސައުދީ އަރަބިއްޔާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ