ރައުދު ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ރައުދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖަހާފައިވާއިރު، އެންމެ ފުރަތަމަ ރައުދުގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ޖެހިއިރު އޭގެފަހުން 10 ދުވަސް، އޭގެފަހުން ފަސް ދުވަސް އަދި އެންމެފަހުން ވަނީ 20 ދުވަސް ބަންދަށްދީފަ އެވެ.

ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރި އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މޭ 15 ވަނަ ދުވަހު އެވެ. މި އިސްތިއުނާފު ހައިކޯޓުން ބަލައިގަތުމާމެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ރައުދުވާ ސުވާލު ކޮށްފަ އެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ރައުދުގެ ޕާސްޕޯޓާއި ފޯނު ހިފަހައްޓާފަ އެވެ.

މީގެ އިތުރުން، ހާދިސާ ހިނގި ރޭ ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހުންގެ ފޯނާއި ޕާސްޕޯޓްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ. މިގޮތުން އައިޝަތު ލަޔާލީ އިޤުބާލް، އިޒްދިޔާން މުޙައްމަދު މައުމޫން، ޔޫސުފް އަޙްމަދު އަކްރަމް، ޔޫސުފް ޔައްސާރު ޢަބްދުލްޣަފޫރު، އާމިނަތު ޖުނައިރާ ޖަމްޝީދު، ޙުސައިން ހަމީސް ޢަލީ އަދި އިޖާޒް ޖާއިޒްގެ ފޯނާއި ޕާސްޕޯޓް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހައި ކޯޓު ރައުދު އަހުމަދު ޒިލާލް ކްރިމިނަލް ކޯޓު އަންހެނަކު ވެއްޓުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ