ކޯވިޑް-19 ގެ ކޭސްތައް ސިންގަޕޫރާއި ހޮންކޮންގުގައި އިތުރުވަނީ

Advertisement

އެންމެ ފަސް

Advertisement

އޭޝިއާގެ ބައެއް ގައުމުތަކުން ކޯވިޑް-19 ގެ ކޭސްތައް އަލުން އިތުރުވަން ފަށައިފި އެވެ. އެގޮތުން ސިންގަޕޫރާއި ހޮންކޮންގުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޭސްތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

އިންޑިއާގެ ނޫހަކުން އެ ގައުމުތަކުގެ ސިއްޚީ އިދާރާތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ކޭސްތަކުގެ އަދަދު އިތުރުވަމުންދަނީ އާންމުކޮށް މީހުންގެ ދިފާއީ ބާރު ދަށްވުމާއި، އުމުރުން ދުވަސްވީ މީހުން ބޫސްޓާ ޝޮޓް ޖަހާ މިންވަރު މަދުވުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

ސިންގަޕޫރުގައި މެއި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،200 އަށް އަރާފަ އެވެ. މިއީ އޭގެކުރީ ހަފުތާގައި ރެކޯޑުކުރެވުނު 11،100 އާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ނަމަވެސް، އައިސީޔޫގައި ދުވާލަކު އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ ތިނަކުން ދެއަކަށް ދަށްވެފަ އެވެ.

ހޮންކޮންގުގައި ސާސް-ކޯވް-2 ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާއިރު، ކޯވިޑް-19 އަށް ޕޮޒިޓިވްވާ ސާމްޕަލްތަކުގެ ނިސްބަތް ވަނީ މަތިވެފަ އެވެ. މީގެ ހަތަރު ހަފުތާ ކުރިން 6.21 އިންސައްތައިގައި ހުރި މި ނިސްބަތް، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 13.66 އިންސައްތައަށް އިތުރުވެފަ އެވެ. އަދި ހާލަތު ގޯސްވެގެން 81 ކޭސް ރެކޯޑުކޮށްފައިވާއިރު، 30 މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ސިންގަޕޫރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ