ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.
އެ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ކޮމިޓީ ބައްދަލުވުމުގެ ވަކި ހިސާބަކުން ވަނީ ސިއްރު ކޮށްފަ އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޖޭއެސްސީއިން އަމަލުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
2 ފަނޑިޔާރުންގެ މައްސަލަ ބަލާ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި
ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަރީ ކޮމިޓީ