ފުވައްމުލަށް އެއާޕޯޓުގެ ރަންވޭ އޮތީ އެކަށީގެންވާ ދިގުމިނެއްގައި، ބޮޑު ކުރުމުގެ ބޭނުމެއް ނެތް: މިނިސްޓަރު އަމީން

Advertisement

އެންމެ ފަސް

Advertisement

ފުވައްމުލަށް އެއާޕޯޓުގެ ރަންވޭ އޮތީ އެރަށުން ނެގޭނެ އެންމެ ދިގުމިނުގައި ކަމަށާއި ރަންވޭ އިތުރަށް ބޮޑު ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އިބްރާހިމް ހުސައިން ވަނީ ފުވައްމުލަށް އެއާޕޯޓު ޒަމާނީ ގޮތަކަށް ތަރައްގީ ކުރެވިގެން ދާނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެއާޕޯޓެއް ތަރައްގީ ކުރުމުގައި ބަލާނީ ދެ ކަމަކަށް ކަމަށާއި އެއީ އެއާޕޯޓުގެ ޓާމިނަލްއާއި އެއާ ގުޅިފައިވާ އެހެނިހެން ހިދުމަތްތަކުގެ އިތުރުން އެއާޕޯޓުގެ ރަންވޭ ކަމަށެވެ.

އެއާޕޯޓުގަ ދެބައެއް މިއޮންނަނީ. އެއީ ޓާމިނަލްއާ ދެން ހުރި ގުޅިފަ ހުރި ހިދުމަތްތަކާ ރަންވޭ އާ. ރަންވޭ އޭގެ ޒާތުގަ އެއޮތީ މެކްސިމަމް ލެންތުގަ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ އޮތީ އެ ރަންވޭ ދިގު ކުރެވޭނެ އެންމެ ބޮޑަށް ދިގުކޮށްފައި ކަމަށާއި އެއީ އެރަށުން ނެގޭނެ އެންމެ ބޮޑު ދިގުމިން ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ ބޯޑުތަކަށް ބަލާއިރު މިވަގުތު ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމުގެ ބޭނުމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ބޮޑު ނުކުރި ނަމަވެސް އެ އެއާޕޯޓުގެ ރަންވޭ އާ ގުޅިފައިވާ ހިދުމަތްތައް ތަރައްގީ ކުރުމުގެ ޕްލޭންތަކެއް ހެދިގެން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މާ ލަސްތަކެއް ނުވެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓަރު މުހައްމަދު އަމީން ފުވައްމުލަށް ސިޓީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ