އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން: ޕާކިސްތާނުން މިސައިލް ޓެސްޓް ކުރިއަށްގެންދަނީ

Advertisement

އެންމެ ފަސް

Advertisement

ކަޝްމީރުގެ އިންޑިއާ ސަރަހައްދަށް ދިން ހަމަލާއަކާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޕާކިސްތާނުން ތިން ދުވަހުގެ ތެރޭގައި ދެވަނަ މިސައިލް ޓެސްޓެއް ކުރިއަށް ގެންގޮސްފި އެވެ.

އިންޑިއާގެ ކަޝްމީރު ސަރަހައްދުގައި އޭޕްރިލް 22 ގައި ހިންދޫ ފަތުރުވެރިންނަށް އަމާޒުކޮށް ހިންގި ހަމަލާއެއްގައި 26 މީހުން މަރުވުމާ ގުޅިގެން މި ދެ ގައުމުގެ ގުޅުން ވަނީ ދަށަށް ގޮސްފަ އެވެ. ”މިއީ ވޭތުވެދިޔަ 20 އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ އާންމުންނަށް އަމާޒުކޮށް ހިންގުނު އެންމެ ނުރައްކާތެރި ހަމަލާ“ އެވެ. އިންޑިއާއިން މި ހަމަލާގައި ޕާކިސްތާނުގެ އަތްއޮތް ކަމަށް ތުހުމަތުކޮށްފައިވާއިރު، އިސްލާމާބާދުން ވަނީ މި ތުހުމަތު ދޮގުކޮށްފަ އެވެ.

މި ހަމަނުޖެހުމާ ގުޅިގެން އިންޑިއާއިން ވަނީ އެ ގައުމުގެ އެކި ސްޓޭޓްތަކުގައި ސަލާމަތީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އަންގާފަ އެވެ. މި ތަމްރީނުތަކުގައި ވައިގެ ހަމަލާގެ އިންޒާރުގެ ސައިރަންތަކާއި، އިވެކުއޭޝަން ޕްލޭންތަކާއި، އަދި ހަމަލާއެއް އަތުވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ހިމެނޭނެ ކަމަށް ސަރުކާރުގެ މަސްދަރަކުން ރޮއިޓަރޒްއަށް މައުލޫމާތު ދީފައިވެ އެވެ.

މި ދެ ގައުމުން ވަނީ އެއްގަމުން ގުޅޭ ސަރަހައްދުތައް ބަންދުކޮށް، ވިޔަފާރި ހުއްޓުވައި، އަދި އެއް ގައުމުގެ މަތިންދާބޯޓުތައް އަނެއް ގައުމުގެ ވައިގެ ސަރަހައްދުގައި ދަތުރުކުރުން މަނާކޮށްފަ އެވެ. އަދި ކަޝްމީރުގެ ސަރަހައްދީ އިމުގައި ކުދި ހަތިޔާރުން ހަމަލާދޭ މަންޒަރުވެސް ފެނިފައިވެ އެވެ.

މޫޑީސްއިން މި ހަމަނުޖެހުމުގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދީ އިސްލާހުތަކަށް ހުރަސްއެޅިދާނެ ކަމަށް އިންޒާރުދީފައިވާއިރު، ދުނިޔޭގެ ބާރުވެރި ގައުމުތަކުން ވަނީ މައްސަލަ އިތުރަށް ގޯސްނުކުރުމަށް ދެ ޤައުމަށްވެސް ގޮވާލާފަ އެވެ.

އިންޑިއާ ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ