މި އަހަރު ތެރޭގައި މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފެށޭނެ: ރައީސް

Advertisement

އެންމެ ފަސް

Advertisement

މި އަހަރުތެރޭ މާލެއާއި ވިލިމާލޭގެ މަގުތައް ހެދެން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާހަަކަ ދައްކަވުމުން ރައީސް ވިދާޅުވީ ހައުސިންގ މައްސަލަ ނަގާފައި ރައްޔިތުންނަށް އެންމެ އުނދަގުވާ މައްސަލައަކީ މަގުތަކުގެ މައްސަލަތައް ކަމަށާއި މާލޭގެ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާގެ އެހީގައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފީސިބިލިޓީ ސްޓަޑީ ނިންމައި ރިޕޯޓް ހުށަހަޅާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން އަންނަ މަރުހަލާއެއްގައި އެބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޭރުމަގު މިހާރު ތާރު އަޅާފައިވާ ހިސާބުން ފެށިގެން އެމްއެމްއޭއާއި ހަމަޔަށް ތާރު އެޅުން އެއީ މި މަސަަައްކަތްތަކުގެ ބޭރުން ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން މިހާރު އެމްޓީސީސީއާ ހަވާލު ކުރެވިފައިވާ ކަމަށާއި ސާރވޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް މަހެއްހާ ދުވަސްތެރޭ ފެށޭތޯ ބަލަމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބޭރުމަގު ތާރު އަޅައި ބައި ފުޅާވާނެ ކަމަށާއި، އެ މަގުގައި ދެ ލޭނު އެޅުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން އެންމެ އަވަހަށް ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިމަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ވިލިމާލެ މާލެ ސިޓީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ