މ. މުލީ އެއާޕޯޓް ބުރާސްފަތި ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި ހަފްތާ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން، މުލީ އެއާޕޯޓްގައި ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގަ އެވެ.
ޓްސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި މިވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
މުލީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައި ވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅު އެވެ. މި އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވޭ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ދިގުމިނާއި 30 މީޓަރުގެ ފުޅާމިނުގެ ރަންވޭއެއް މި އެއާޕޯޓްގައި ހިމެނެ އެވެ.
221 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅޭ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މ. މުލި