މިދިޔަ މަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރު ކުރި، އެތެރެ ކުރި މުދަލުގެ އަގު 4.4 ބިލިއަނަށް

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ މާޗު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަގަގީ 204 މިލިއަން ރުފިޔާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެކްސްޕޯޓް ކުރި މުދަލުގެ އަގު 204 މިލިއަން ރުފިޔާގައި ހުރި އިރު އިމްޕޯޓް ކުރި މުދަލުގެ އަގު ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ. 4.4 ބިލިއަން ރުފިޔާއަކީ ތެލުގެ ބާވަތްތައް ލައިގެން އިމްޕޯޓް ކުރި މުދަލުގެ އަގެވެ. ތެލުގެ ބާވަތްތައް ކެނޑުމުން ރާއްޖެއަށް އިމްޕޯޓް ކުރިކަމަށް ދައްކަނީ 3.5 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަގަށް ބަލާއިރު މިއީ މިއަހަރުގެ ފެބްރުއަރީއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. ފެބްރުއަރީ މަހު 223 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވާކަމަށް ދައްކަނީ ގަނޑު ކުރި ކަންނެންޏެވެ. އޭގެ އިތުރުން މަހުގެ ބާވަތްތައްވެސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން އިމްޕޯޓް ކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 1.05 ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެ ކުރި އިރު ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. މާޗު މަހު ތެލަށް ކުރި ހަރަދު 867 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:

  • ތައިލެންޑް – 58 އިންސައްތަ
  • އިނގިރޭސި ވިލާތް – 21 އިންސައްތަ
  • ވިއެޓްނާމް – 4 އިންސައްތަ
  • ބަންގްލަދޭޝް – 4 އިންސައްތަ
  • ގަރުމަނު – 2 އިންސައްތަ

އެންމެ ގިނައިން އިމްޕޯޓް ކުރި ގައުމުތައް:

  • އެކުވެރި އަރަބި އިމާރާތް – 30 އިންސައްތަ
  • އިންޑިއާ – 16 އިންސައްތަ
  • ޗައިނާ – 12 އިންސައްތަ
  • ސިންގަޕޫރު – 8 އިންސައްތަ
  • ސްރީ ލަންކާ – 6 އިންސައްތަ

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އަހަރުގެ ފުރަތަމަ މަހު އޮތީ އިންޑިއާ އެވެ. ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އެންމެ ގިނައިން މުދާ އެތެރެ ކުރަނީ އެކުވެރި އަރަބި އިމާރާތުންނެވެ. ފާއިތުވި 3 މަހުވެސް އެންމެ ގިނަ މުދާ ރާއްޖޭން ބޭރު ކުރަނީ ތައިލެންޑަށެވެ.

ކަސްޓަމްސް އިމްޕޯޓް އެކްސްޕޯޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ