ވެންޓިލޭޓަރު މައްސަލައިގައި ދުބާއީގެ ކުންފުންނީގެ ވެރިޔާ ހޯދަން ރެޑްނޯޓިސް ނެރެން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަައިގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބުރައިސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައިގައި އޭސީސީއަށް ދައުވާތައް ނުއުފުލުނު ކަމަށާއި އެ މައްސަލައިގައި އެހެން އޭންގަލަކުން ތަހުގީގުކުރުމަށް ޕީޖީ އައްބާސް ޝަރީފް އިރުޝާދު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް މިދިޔަ މަހު ފުލުހުންގެ ހިދުމަތުގައި އެދިފައިވާކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މި މައްސަލައިގައި މަދަނީ ގޮތުން އުޅެގެން މިފައިސާ އެ ކުންފުނީގެ އަތުން ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި އެގޮތުން ދިވެހި ސަރުކާރަށް ބަދަލުގެގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމާ އެއްގޮތަށްވެސް ދުބާއީ ކުންފުނިން އެ ފައިސާ ދައްކާފައި ނުވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

”އެމީހާ އައިޑެންޓިފައިއެއްވެސް ނުވި، އެމީހާ ވީތަނެއްވެސް ނޭނގެ… އެހެންމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އޯނަރު ހޯދާފައި، ރެޑް ނޯޓިސް ނެރޭ ހިސާބުން އޭނާ އަތުވާނެ. އެމީހާ އަތުވީމަ އެމީހާ ފައިސާއަށް ހެދިގޮތަކާ، އޭނަ އެފައިސާއިން ރިޝްވަތުގެ ގޮތުގައިވިޔަސް އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ދިނިއްޔާ އެވެސް އެނގޭނެ، ޓްރޭސްވެސް ކުރެވޭނެ. އެހެންމަ އެމަގުން ކުރިއަށްދިއުމަށް އަޅުގަނޑުމެން މިހާރު މިއޮތީ ޕޮލިހުގައި ދަންނަވައިފައި.“ ނާޒިމް ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަައިގައި ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޔޫއޭއީގައި އެދުމަށް ޕީޖީއަށް ހުށަހެޅުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެބްރުއަރީ މަހު ފާސްކޮށްފައިވެ އެވެ.

ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އަދި ސަރުކާރުން ވަނީ އެޑްވާންސަށް 30.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކާފައެވެ.

އިންޓަޕޯޯލް ވެންޓިލޭޓަރު ހިޔާނާތް މާލިއްޔަތު ކޮމެޓީ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ