ޖަޕާނުގެ ސަފީރު މިނިސްޓަރު ތާރިޤްއަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ޖަޕާނުގެ އާ ސަފީރު އިޝިގާމީ ރުމިކޯ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހީމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނާއި ރާއްޖޭގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ދެ ބޭފުޅުންވެސް ވިދާޅުވެފައިވާ ކަމަށް މައުލުމާތު ދީފައިވެ އެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނައިރު ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދޭ މުހިންމު އެއް ޤައުމެވެ.

ރާއްޖެ - ޖަޕާން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ