ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް ނޭޝެނަލް ޑްރަގް އޭޖެންސީން ހާމަކޮށްފި އެވެ.
ފަރުވާގެ ޚިދުމަތް ދެވޭ ތަންތަން ހާމަކޮށް އެންޑީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވަނީ އެ އޭޖެންސީ އާއި ކައުންސިލް އިދާރާތަކާއި، ސިއްޚީ ޚިދުމަތްދޭ މަރުކަޒުތައް ގުޅިގެން ސަތޭކައަށް ވުރެ ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އަދި ފަރުވާގެ ޚިދުމަތް މާލޭގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ސާވިސް ސެންޓަރުންނާއި ގަގަން ކްލިނިކް، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭ ހައުސް އަދި ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ލިބޭނެކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި ގއ. ވިލިނގިލި- ދަގެނާ އާއި ގދ. ގައްދޫގައި ގާއިމްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުންވެސް ފަރުވާގެ ޚިދުމަތް ލިިބިގެންދާނެކަމަށް އެންޑިއޭއިން ބުންޏެވެ.
އެންޑީއޭއިން ސަތޭކައަށް ގިނަ ރަށްރަށުގައި، ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާދޭ މަރުކަޒުތައް 3 ރަށެއްގައި އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. މި މަރުކަޒުތައް ގާއިމުކުރާ 3 ރަށަކީ ނ. ވެލިދޫ، ކ. ކާށިދޫގެ އިތުރުން ލ. ގަމެވެ.
ފަރުވާދޭ މި މަރުކަޒުތައް ނިމުމުން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ދެވޭ ފަރުވާގެ ފުރުސަތު ގިނަ ބަޔަކަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެ އެޖެންސީން ބުނެ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަސްތުވާތަކެތި