ހަނިމާދޫ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް

Advertisement

އެންމެ ފަސް

Advertisement

ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫޢަކީ 9.44 މިލިއަން ރުފިޔާގެ އަގުގައި 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައީދު އެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ނައިބު އަޟްފާލިލް އިބްރާހިމް އާސިމް އެވެ.

މި މަޝްރޫޢުގެ ދަށުން، 7،933 އަކަ މީޓަރުގެ ސަރަހައްދެއްގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރެވޭނެ އެވެ. ހަނިމާދޫގައި އެއާޕޯޓެއް ގާއިމްކުރެވިފައި އޮތުމުގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ފަތުރުވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރާ މަންޒިލެއްގެ ގޮތުގައި އެ ރަށް ވަނީ ވެފަ އެވެ.

އެމްޓީސީސީން ބުނީ، މި މިސްކިތުގެ މަސައްކަތް ނިމުމާއެކު އެ ރަށުގެ ރައްޔިތުންނަށް އަޅުކަން ކުރުމަށާއި، ދީނީ ތައުލީމު އުނގެނުމަށާއި، އިޖްތިމާއީ ގުޅުން ބަދަހިކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައިވާ ކުންފުންޏެކެވެ.

ހދ. ހަނިމާދޫ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ