އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން ދެކޮޅުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ޕާޓީއާއެކު ބަދަހި ގުޅުމެއް އޮންނަ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު އެމްޑީޕީ ގުޅުމަކީ އެމްޑީޕީ ގަބޫލު ކުރާ ޑިމޮކްރެސީ ދަންނަ ކަމެއް ނޫން ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ވޯޓުތަކެއް ގެއްލުވާލި ބަޔަކާ ގުޅުމުގެ ކުރިން ކޮންގްރެސްއެއް ބާއްވާ މެންބަރުން ދެކޭ ގޮތް ހޯދާނަން.
މީގެ އިތުރުން މޫސަ ވަނީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ޕާޓީގެ މެންބަރުންގެ ރޫހާ ހިލާފަށް ވެރިކަން ކުރާ ޕާޓީގެ ބައިވެރިންނާ އެމްޑީޕީއާ އެއްގަލައް އެރުވުމުގެ އެއްވެސް ހައިސިއްޔަތެއް ނުލިބޭނެކަމަށްވެސް ވިދާޅުވެފަ އެވެ.
ރީކޯ މޫސަގެ މި ޕޯސްޓަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު (މޫކޭ) ވަނީ ކޮމެންޓް ކުރައްވާފަ އެވެ. މޫކޭ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅާ އަމިއްލައަށް އެއްވެސް ކަމެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީއާއެކު މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު މަސައްކަތް ކުރުމަށް އެންމެ ފަހުން ކާނިވާގައި ބޭއްވި ބޮޑު ޖަލްސާ ގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާކަމަށް މޫކޭ ވިދާޅުވި އެވެ.
މޫކޭގެ ކޮމެންޓަށް ރައްދު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޕީއެންސީއާއެކު މަސައްކަތް ކުރާ ބަޔާކާ ގުޅެން ނިންމާފައި ނުވާނެ ކަމަށެވެ.
މޫސަ މިގޮތަށް ވިދާޅުވެފައިމިވަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭ ގޮތުގައި މިވަގުތު ރާއްޖެ އޮތް ހާލަތަށްބަލާއިރު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް އެކުގައި މަސައްކަތްކުރުން ކަމަށެވެ.
ނަޝީދުގެ އެ ހުށަހެޅުއްވުމަށް އެމްޑީޕީގެ ޗެއަރޕާސް ފައްޔާޒް އިސްމާއިލްގެ އިތުރުން، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީވެސް ވަނީ ތާއީދުކުރައްވާފަ އެވެ.
ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޑިމޮކްރެޓްސް އަކީ، އެމްޑީޕީން ވަކިވެ އެމަނިކުފާނު އުފެއްދެވި ޕާޓީ އެވެ.
ރީކޯ މޫސާ މަނިކު އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކް (މޫކޭ) އެމްޑީޕީ ފައްޔާޒް އިސްމާއިލް