އިންޑިއާއިން ލަންކާއަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކޮށް، 100 މިލިއަން ޑޮލަރު ހިލޭ އެހީއަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

އިންޑިއާ ސަރުކާރުން ސްރީލަންކާއަށް ދޫކޮށްފައިވާ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ލޯނު ހިލޭ އެހީއަށް ބަދަލުކޮށް، އެހެނިހެން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ނިންމައިފި އެވެ.

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެއާއެކު ބޭއްވުނު ބައްދަލުވުމަކަށްފަހު ނެރުނު ނޫސްބަޔާނެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ، ”ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވާނީ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ލޯނު ހިލޭ އެހީއަށް ބަދަލުކޮށްފައި“ ކަމަށެވެ. އަދި ދެފަރާތުގެ ’ދަރަނި އަލުން އެކުލަވާލުމުގެ އެއްބަސްވުން‘ އިން ސްރީލަންކާގެ ރައްޔިތުންނަށް އަވަސް އެހީތެރިކަމާއި ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، މި އެއްބަސްވުމަކީ ސްރީލަންކާގެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށާއި، މިއީ އެ ޤައުމުގެ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް އިންޑިއާގެ އެއްބާރުލުން އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ”މިއަދު އަޅުގަނޑުމެން ވާނީ އިންޓަރެސްޓް ރޭޓް ދަށްކުރުމަށްވެސް ނިންމާފައި. މިއީ މިއަދުވެސް އިންޑިއާ ސްރީލަންކާގެ ރައްޔިތުންނާއެކު ހުރިކަން ދައްކުވައިދޭ ކަމެއް“ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސްރީލަންކާ ވަނީ 2022 އިން ފެށިގެން ބޮޑު އިޤްތިޞާދީ ހީނަރުކަމަކާ ކުރިމަތިލާފަ އެވެ. މީގެ ތެރޭގައި ޕޭމަންޓްސް ބެލެންސްގެ ދަރަނި، ބޭރު ފައިސާގެ ރިޒާވް ދަށްވުން، އަދި އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް އައުން ހިމެނެ އެވެ. އިންޑިއާއަކީ ކްރެޑިޓް ލައިންތަކާއި، ފައިސާ ބަދަލުކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ފުރަތަމަ އެހީތެރިވި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

އިންޑިއާ ސްރީލަންކާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ