އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ އާއިލާއިން ބުނެފި އެވެ.
ރަސްދޫގައި ރޭ ހިނިގި އަލިފާނުގެ ހާދިސާއެއްގައި ފިހިފައިވަނީ ދެމަފިރިއެކެވެ. ރޯވެފައިވަނީ ދެމަފިރިން ތިބި ކޮޓަރީގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މީހުންގެ ހަށިގަނޑުވެސް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. މި ދެމީހުންނަށް ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށްވަނީ މާލެއަށް ގެނެސްފަ އެވެ.
އެގޮތުން ފިރިހެން މީހާއަށް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުންދާއިރު އަންހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.
ފިހުނު ދެމަފިރިންގެ ހާލު ސީރިއަސްވެ އުންމީދުކަނޑާލައިފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން މައުލޫމާތު ދީފައިވެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. މިކަމުގައި މިހާތަނަށް ފުލުހުން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.



