ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް އަންގައިފި

Advertisement

އެންމެ ފަސް

Advertisement

ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވަނީ މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނީ އެ އޮތޯރިޓީގައިކަމަށާއި އަތޮޅުތެރޭގައި ހިންގާ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނީ އެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒެއްގައިކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވާއިދުގައި ބުނާގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަންތަނާއި ފަރާތްތަކުން ވެސް ރަޖިސްޓްރީވާން ޖެހެއެވެ. މި ގަވާއިދުގައިވާގޮތުން ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެތަންތަނުގައި އުޅޭ މީހުން ލައިސަންސް ހޯދުމަށް އެމްއެފްޑީއޭ އަށް ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެއެވެ.

އަދި މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ތެރެއިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ގުޅޭ ގަވާއިދުތަކަށް އަމަލުކުރަން ފެށެންދެން، ރަޖިސްޓްރީކުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނީ އިންތިގާލީ އުސޫލު ބަޔާންކުރާ ގަވައިދަށް ކަމުގައި އެމްއެފްޑީއޭއިން ބުނެއެވެ.
އަދި ރަޖިސްޓްރީ ނުކޮށް ވިޔަފާރިކޮށްފިނަމަ 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެމްއެފްޑީއޭއިން މިގޮތަށް އަންގާފައިމިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް ހެލްތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ