ސަރުކާރުގެ އެތައް މުއައްސަސާއަކާއެކު ”ރޯދަ ސާފު“ ފަށައިފި

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން މިއަދު ”ރޯދަ ސާފު“ ގެ ނަމުގައި މާލެ ސާފުކުރުމުގެ ޙަރަކާތެއް ފަށައިފި އެވެ.

މި ޙަރަކާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކާއި، ކުންފުނިތަކާއި، އަދި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި މި ޙަރަކާތް ފައްޓަވައިދެއްވަމުން، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ މިފަދަ ބޮޑު އަދަދެއްގެ ބައެއް މި ޙަރަކާތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ގުޅުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ޙަރަކާތުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އަދި އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވި އެވެ.

މި ޙަރަކާތުގައި މާލޭގެ އެކި ސަރަޙައްދުތައް ސާފުކުރުމަށް 5 ގުރޫޕަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. މީގެ ތެރޭގައި އާޓިފިޝަލް ބީޗް، އުސްފަސްގަނޑު، އިންޑަސްޓްރިއަލް ޒޯން، ޕޯޓްސް ލިމިޓެޑް އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ.

މި ޙަރަކާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ޕޮލިސް ސަރވިސް، އެމް.އެން.ޑީ.އެފް، އެމް.ޑަބްލިޔު.އެސް.ސީ، އާރު.ޑީ.ސީ، މީރާ އަދި އެހެނިހެން ގިނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ބައިވެރިވެފައިވެއެވެ.

މި ޙަރަކާތަކީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސާފުކޮށް، ރީތިކުރުމަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މިފަދަ ޙަރަކާތްތަކުން މުޖުތަމަޢުގެ އެކުވެރިކަން އިތުރުވެ، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ.

މާލެ ސިޓީ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ