ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ކެންސަރ ސްކްރީން ކުރެވޭނެ: މިނިސްޓަރ ނާޒިމް

Advertisement

އެންމެ ފަސް

Advertisement

ކެންސަރު ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށް ހެލްތު މިނިސްޓަރ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކެންސަރު ދުވަހާއި ގުޅިގެން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވަނީ ކެންސަރު ދުވަހު، ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވާފަ އެވެ.

މީގެ ތެރޭގައި މި ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި، އެހީތެރިންނާއި އަދި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ގެ މަސައްކަތް ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ނާޒިމް ވަނީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއެކު، ގަވާއިދުން ސްކްރީނިންގ ޓެސްޓުތައް ހެދުމަކީ ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރައްވާފަ އެވެ.

ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ “United by unique” އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ކެންސަރު ބަލި މިނިސްޓްރީ އޮފް ހެލްތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ