ރައީސް މުޢިއްޒު ”މަގޭ ސޯލާ“ ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ”މަގޭ ސޯލާ“ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލަރ ސިސްޓަމް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފި އެވެ.

މި ޕްރޮގްރާމަކީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުމުގައި ރައީސް ކަނޑައެޅުއްވި، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ. މި ޕްރޮގްރާމަކީ ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއަދު ފެށުނު މަސައްކަތަކީ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހޯދިފައިވާ ސިސްޓަމުތައް އިންސްޓޯލުކުރުމުގެ ޢަމަލީ މަސައްކަތެވެ. މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެ އެވެ.

އަދި ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަވެ، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޔާދަ ކުރަނިވި ހަކަތަ މަގޭ ސޯލާ ޕްރޮގްރާމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ