ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރިއޭސީއެލް) ގެ މުވައްޒަފުންގެ ކިބައިން ހަސަން ކުރުސީ މާފަށް އެދިއްޖެ އެވެ.
ކުރުސީ މާފަށް އެދުނީ އާރުއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި ތާސް ކުޅެން ތިބިކަމަށް ބުނެ އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މި ޕޯސްޓާއި އަދި އޭގެ ފަހުން އާރުއޭސީއެލްގެ އިސްވެރިންނަށާއި މުވައްޒަފުންނަށް އަމާޒުކޮށް ކުރި އިތުރު ޕޯސްޓްތަކަކާ ގުޅިގެން ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
ކުރުސީ ވަނީ އާރްއޭސީއެލްގެ މުވައްޒަފަކު އޭނާއަށް ކުރި މެއިލްއެއް ހިއްސާ ކުރުމާއެކު މުވައްފަޒުންގެ ކިބައިން މާފަށް އެދިފަ އެވެ. އެ މެއިލްގައި އާރްއޭސީއެލްއަށް ނިސްބަތްވާ މުވައްޒަފަކު ވަނީ ތާސް ކުޅުނީ އެ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކެއްގެ ތެރެއިންކަމަށް ބުނެފަ އެވެ. އަދި ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް އެ ހަރަކާތްތަކުގެ ތެރޭގައި ހިންގާފައި ނުވާނެކަމަށް ބުނެފައިވެ އެވެ. އެގޮތުން އެދުވަހު ކުންފުނީގައި އޮތް ހެނދުނު ނާސްތާއަށްވެސް ހަރަދު ކުރީ މުވައްޒަފުންގެ އަމިއްލަ ޖީބުންކަމަށް ބުނެފައިވެ އެވެ.
ކުރުސީ ބުނީ އޭނާ އެ ޕޯސްޓުކޮށްފައިވަނީ މުވައްޒަފުންގެ ހައްގުގައި ކަމަށެވެ. އަދި ލިބުނު ފޮޓޯތަކުން ކުންފުނީގެ އިސްވެރިން އޮފިސް ގަޑީގައި މަޖާކުރަން ތިބިކަމަށް ދޭހަވުމުން ކުންފުނީގެ މުވައްޒަފުންގެ ހައްގުގައި އެ ޕޯސްޓު ކުރީކަމަށް ކުރުސީ ބުނެފައިވެ އެވެ.
އަހަރެންގެ ޕޯސްޓުގެ ސަބަބުން ކުށެއް ނެތް އެއްވެސް މުވައްފަޒަކަށް އަސަރު ކުރި ނަމަ އެކަމަށް މާފަށް އެދެން. އެއީ އަހަރެންގެ ނިޔަތެއް ނޫން.
ހަސަން ކުރުސީ ވަނީ ސަރުކާރުގެ އިސްވެރިންގެ ވާހަކަތައް ދައްކަނީ ދަށުގައި ތިބޭ މުވައްޒަފުންގެ މަސްލަހަތަށްޓަކައިކަމަށް އެ ޕޯސްޓު ނިންމާލަމުން ބުނެފަ އެވެ.
ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އަކީ އަތޮޅުތެރޭގެ އެއާޕޯޓްތައް ހިންގާ، ބެލެހެއްޓުމުގެ މަސައްކަތްކުރާ ކުންފުނި އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް ކުންފުނިތައް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާރުއޭސީއެލް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އާ އެއްކޮށްލުމަށް ނިންމާފަ އެވެ. މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާރުއޭސީއެލް ހިނގަމުންދާނީ، އެމްއޭސީއެލްގެ ސަބްސިޑަރީއެއްގެ ގޮތުގަ އެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)