ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕަވަމަންޓް ހަބެއް ގާއިމު ކުރަނީ

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ”އެމްޕަވަރމަންޓް ހަބް“ ގެ ނަމުގައި އައު މަރުކަޒެއް ޤާއިމުކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ހިންގާ މަޝްރޫ އެކެވެ. މި މަރުކަޒު ޤާއިމުކުރުމަށް ދެ ފަރާތުގެ މެދުގައި ފަހުމުނާމާގައި ސޮއިކޮށް، ޕްރޮޖެކްޓު ރަސްމީކޮށް ފަށައިގަތުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނެވެ.

ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ މި ޚިދުމަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ބިނާކުރުމަށް އަމާޒުކޮށްގެން ފަށާ ޚިދުމަތެކެވެ. މި ހަބްގެ ޚިދުމަތްތައް އަމާޒުކުރެވިފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަބްގެ މައިގަނޑު މަޤްޞަދަކީ ސްކޫލް ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދިނުމެވެ. މީގެ އިތުރުން، މިނިވަންކަމާއެކު މުޖުތަމަޢުގައި މާނަހުރި ގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ހަބްގެ މުހިންމު އެއް މަޤްޞަދު ކަމުގައި ވުޒާރާއިން ފާހަގަކުރެއްވިއެވެ.

”އެމްޕަވަރމަންޓް ހަބް“ ގެ ޚިދުމަތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލުކުރަނިވި މާހައުލެއްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުން ހިމެނެއެވެ.

މި މުހިންމު މަޝްރޫޢު ފެށިގެން ދިއުމާއެކު، ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ އެވެ.

ހަމްދާން ޝަކީލް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ