ފެންބޮޑުވެ ގެއްލުންވި މާލޭގެ 36 ގޭބިސީއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭތެރެއަށް ފެން ވަނުމާއި ގުޅިގެން 36 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މާލޭގައި ފެންބޮޑުވެގެން އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ވެލިބަސްތާ ޖެހުމަށް އެދި 554 ރިކުއެސްޓް ލިބުނު ކަމަށެވެ.

މީގެ އިތުރުން 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދާފައިވާ ކަމަށާއި، 36 ގޭބިސީގެ 226 މީހުންނަށްވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ރަށްތަކަކަށް އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ.

އެންޑީއެމްއޭއިން ބުނީ، މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާޖެހުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލް، ފުލުހުންނާއި ސިފައިން، އަދި ސިޓީސް މިނިސްޓްރީގެ މުވައްޒަފުންނައި ސްކައިޓުން ބައިވެރިވެފައިވާ ކަމަށެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރާގައި 142.6 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

ވިއްސާރަ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ