ކޮމިޝަނަރު އޮފީހުގެ އެންމެ އިސް މަގާމުން ޝިފާން ވަކިކޮށް އެހެން މަގާމަކަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަކިކޮށް އެހެން މަގާމަކަށް ބަދަލުކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޝިފާން މިހާރު ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓަރޭޓްގެ ހެޑުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

ޝިފާން ކުރިން ހުންނެވި މަގާމަށް އައްޔަންކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ އެވެ.

ފުލުހުން ބުނީ މިއީ ފުލުހުންގެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ގޮތުގައި ކަމަށެވެ.

ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުގެ ހެޑުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. އޭރު އޭނާ ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަގާމަށްވެސް އައްޔަންކުރައްވާފަ އެވެ. ޝިފާންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ފުލުހުންގެ ތަރުޖަމާނެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ