ވެމްކޯ އެކަޑަމީއިން ތަމްރީންދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

Advertisement

އެންމެ ފަސް

Advertisement

ވެމްކޯޯ އެކެޑަމީ އާއި މެރިންޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް އާ ދެމެދު އިއްޔެ ފަހުމުނާމާ އެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނާމާގެ ދަށުން ދެފަރާތް ގުޅިގެން ތަމްރީން ޕްރޮގްރާމްތަކާއި ތަމްރީންތަކަށް ބޭނުންވާ އެއްބާރުލުން ދެފަރާތުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

މި ފަހުމުނާމާގައި ވެމްކޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ.

ވެމްކޯއިން ބުނީ މިފަދަ ތަމްރީންތަކުގެ ބޭނުމަކީ ވެމްކޯގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އިއްޔެ ވެމްކޯއިން ހުޅުމާލޭގައި އަލަށް ގާއިމުކުރި އިމާރާތްވެސް ބޭންކުރަން ފަށާފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ. އެކުންފުނިން ބުނީ މި އިމާރާތާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ހިންގުމުގައި ދިމާވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށެވެ.

ވެމްކޯއިން ހުޅުމާލޭގައި ގާއިމުކުރި މި އިމާރާތް ހުޅުވާދެއްވާފައިވަނީ އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ