ޕާސްޕޯޓުގެ ހިދުމަތް ދ. އަތޮޅުގައި ގާއިމްކުރުމަށް އިމިގްރޭޝަން އާއިއެކު މަޝްވަރާ ކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދ. އަތޮޅުގައި ގާއިމްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާއި އެ އަތޮޅު ކައުންސިލާއި އެކު މަޝްވަރާ ކޮށްފި އެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، މިއަދު އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދް އާއި އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާ އަހުމަދު އަޝްފާން އާއި އެ އިދާރާގެ އިސް ފަރާތްތަކުން ދ. އަތޮޅު ކައުންސިލާއި ބައްދަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ، ދ. ކުޑަހުވަދޫގަ އެވެ.

މި ބައްދަލުވުމުގައި ދ. އަތޮޅު ކައުންސިލްގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

މީގެ އިތުރުން، އިމިގްރޭޝަނުން ގެންދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދުގައި ކުރަމުންނެވެ. އަދި އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވީ އަތޮޅުތެރޭގައި ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދ. އަތޮޅު ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ