ސުކޫކް ޕޭމެންޓް ދައްކަން ޖެހުމުން ރާއްޖޭގެ ރިޒާވް ދަށަށް ޖެހިލައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ރިޒާވް ސެޕްޓެމްބަރު މަހު ދަށަށް ޖެހިލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހު ރިޒާވްގެ ގޮތުގައި އެމްއެމްއޭގައި ހުރީ 371.2 މިލިއަން ޑޮލަރެވެ. މިއީ އޮގްސްޓް މަހާ އަޅާ ބަލާއިރު 16 އިންސައްތައިގެ ދަށްވުމެކެވެ.

ލޯނުތަކާއި ސަރުކާރުން ދައްކަން ޖެހޭ އެހެން ފައިސާތަކަށް އަރާ 322.4 މިލިއަން ޑޮލަރު ކެނޑުމުން ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 48.8 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓް މަހާ އަޅާ ބަލާއިރު 20 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ އޮގަސްޓް މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި 443.9 މިލިއަން ޑޮލަރު ހުރި އިރު ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 61.2 މިލިއަން ޑޮލަރެވެ.

އޮގަސްޓް މަހާ އަޅާ ބަލާއިރު ސެޕްޓެމްބަރު މަހުގެ ރިޒާވް ދަށްވެފައިވަނީ ސަރުކާރުން ސެޕްޓެމްބަރު އެކި ލޯނުތަކަށް ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހުމުން ނެވެ. އެގޮތުން ރާއްޖެއިން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކްގެ އެންމެ ފަހުގެ ސެޓްލްމެންޓް ދައްކަންޖެހޭ ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ ޕޭމެންޓް ދައްކާފައިވާކަން އިއްޔެ ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ފޮރިން އެކްސްޗޭޖް ބޭނުންތަކަށް އިންޑިއާގެ އެހީ ހޯދާފަ އެވެ. އެގޮތުން އިއްޔެ އިންޑިއާއާއެކު ސޮއި ކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ތެރެއިން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ނެގޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށްކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން ބުނީ ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރުމުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އެމްއެމްއޭ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ