ސަރުކާރުގެ ބޮޑު 6 ކުންފުންޏެއް އެއްކޮށްލަނީ

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ބަދަލުކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) ބަދަލުކުރުމާ ގުޅޭގޮތުން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވީ، މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އާންމުކުރެއްވި މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވިގޮތުގައި، ކެބިނެޓުގައި މިއަދު މަޝްވަރާކުރައްވާނެ އެންމެ މުހިންމު ކަމަކީ އާރުއޭސީއެލް، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމާ ގުޅޭގޮތުންނެވެ. މިއީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް އެންމެ ފައިދާވާނެގޮތް ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެފްޑީސީ، އެޗްޑީސީގެ ދަށަށް ބަދަލުކުރުން ނުވަތަ ދެ ކުންފުނި އެއްކޮށްލުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ދަށަށް ބަދަލުކުރުން ނުވަތަ އެއްކޮށްލުމަށްވެސް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ވެގެންދާނެ ކަމަށާއި، މިއީ ކުންފުނިތައް އިތުރަށް ހަރުދަނާކޮށް ބާރުވެރިކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށެވެ.

ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށްވެސް ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއީ ސަރުކާރުން ގެންގުޅޭ އެސްއޯއީ ރިފޯމް ޕްރޮގްރާމްގެ ދަށުން، ގެންނަ ބަދަލުތަކެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން، ސަރުކާރުން ކުންފުނިތަކުގެ ދަރަނި ކުޑަވެ، ހިންގުން ހަރުދަނާވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) ބީސީސީ އެމްއޭސީއެލް ވަޒީރުންގެ މަޖިލިސް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ފަހި ދިރިއުޅުން ކޯޕަރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ