އުންމީދަކީ ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް މި ހަފްތާ ތެރޭ ލިބުން: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ލައިސެންސް މި ހަފްތާ ތެރޭގައި ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ”ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް“ އުފައްދަވާފައިވަނީ މެއި 16، 2024 ގަ އެވެ. މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.

ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސެންސް މި ހަފްތާ ތެރޭގައި ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވާ އިރު މި ލައިސެންސަށް އެދިފައިވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ބޭންކުގެ ފެސިލިޓީތައް ނިންމާލެވޭނެކަމަށް ބެލެވޭ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އުއްމިދަކީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަން ހާސިލުކުރުމަށްޓަކައި މި ހަފްތާގެ ތެރޭގައި ޑިވޮލޮޕްމަންޓް ބޭންކްގެ ލައިސަންސް ލިބުން.

ރާއްޖޭގައި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ތަރައްގީ ކުރުމަށްޓަކައި ޑިވެލޮޕްމެންޓް ބޭންކުން ރާއްޖޭން ބޭރުގެ ބޭންކުތަކާއި ގުޅިގެން ފައިނޭންސް ރެއިޒް ކުރުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ރިޒޯޓުތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑިވެލޮޕްމެންޓް ބޭންކް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ