މިއަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 66 މިލިއަން ރުފިޔާ

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމު ކުރި ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ވަނީ 66.2 މިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ ތެރޭގައި 5،446 ޑޮލަރުވެސް ހިމެނެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު މީރާއަށް ވަނީ 15.4 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ދެގުނަ އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 7.3 މިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ލިބުނު އަދަދަށްވުރެ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 58.6 މިލިއަން ރުފިޔާ އެވެ.

މީރާއިން މުދަލު ޒަކާތް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން މުދަލު ޒަކާތް ނަގަމުން އައީ އިސްލާމިކް މިނިސްޓްރީންނެވެ.

މީރާ މުދަލު ޒަކާތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ