ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ހުށަހަޅުއްވާފައިވާ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

މި ބިލު މަޖިލީހަށް ބަލައިގެންފާ ވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގަ އެވެ.

މި ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގެ މަރުހަލާގައި ބައިވެރިވި 85 މެންބަރުންގެ ތެރެއިން 82 މެންބަރުންގެ ވޯޓާ އެކު އެވެ. މި ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެ އެވެ.

މަޖިލީހަށް މި ބިލު ބަލައިގަތުމާއެކު މިހާރު ވަނީ މި ބިލު ދިރާސާ ކުރުމަށް އިޖުމާއީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޖަލްސާގަ އެވެ. މިއަދު ވަނީ މި ބިލުގެ އިބްތިދާއި ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި ބަލިތަކާ ސިއްހަތަށް ލިބޭ އެނޫންވެސް ގެއްލުންތަކުން އެ މީހުން ދުރުކުރުމެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން އެކަށީގެންވާ ރައްކާތެރިކަމާއެކު އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ވަށާޖެހޭ ސިއްހީ ފަރުވާގެ ނިޒާމެއް ކަމުގައި ހެދުމަށެވެ.

މީގެ އިތުރުން ޕްރިވެންޓިވް ކެއާގެ ހިދުމަތްތައް އެ ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖެއްސުމާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަކީވެސް މި ބިލުގެ އެއް އަމާޒެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފް ރައްޔިތުންގެ މަޖިލިސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ