ރައްޔިތުންގެ މަޖިލީހުގެ ލ.މާވަށު ދާއިރާއަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވާދަކުރަން ނިންމަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މީސް މީޑީޔާގައި މޫސަ ކޮށްފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި މޫސަ ވިދާޅުވީ، ލ. މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ އުއްމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުން ކަމަށެވެ.
ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖްލިސް ގޮނޑިއަށް އެމް ޑީ ޕީ ޕްރައިމަރީ ގަ މިފަހަރު ވާދަކުރަންނިންމާ ، 20ވަނަ ރައްޔަތުންގެ މަޖްލީހުގާ މަސައްކަތް ކުރުމުގެ އުއްމީދުގާ ﷲގެ ވާގިފުޅާއެކު މަސައްކަތް މި ކުރަނީ pic.twitter.com/ZhuhyL4wP5
— Moosa Maniku (Reeko) (@ReekoMoosa) December 16, 2023
މޫސަ ވަނީ މީގެ ކުރިން ލ.އަތޮޅު މެންބަރެއްގެ ގޮތުގައިވެސް މަޖިލީހަށް ހޮވިވަޑައިގެންފައެވެ. އަދި އޭގެ ފަހުން ހުޅުހެންވޭރު ދާއިރާގެ މެންބަރެއްގެ ގޮތުގައިވެސް ދެ ދައުރެއްގައި މަޖިލީހަށް ހޮވިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް މޫސަ ވަނީ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް ރީކޯ މޫސާ މަނިކު ދިވެހީންގެރާއްޖެ މަޖިލިސް