ނޯބަލް ސުލްހައިގެ އިނާމް ވެނެޒުއެލާގެ އިދިކޮޅު ލީޑަރަށް

Advertisement

އެންމެ ފަސް

Advertisement

ވެނެޒުއެލާގެ ޑިމޮކްރެޓިކް ހައްގުތައް ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށްޓަކައި، އެ ގައުމުގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަޗާޑޯއަށް 2025 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފިއެވެ.

58 އަހަރުގެ އިންޑަސްޓްރިއަލް އިންޖިނިއަރެއް ކަމުގައިވާ މަޗާޑޯއަކީ، ވެނެޒުއެލާގެ ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެއްކޮށްލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ފަރާތެކެވެ. އަދި މިނިވަން އިންތިހާބުތަކަކާއި ރައްޔިތުން ތަމްސީލުކުރާ ސަރުކާރެއްގެ މަތިން އިދިކޮޅު ފަރާތްތައް އެއްބަސްވުމަށް މަގުފަހިކުރެއްވި ބޭފުޅެކެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަޗާޑޯ ވާދަކުރެއްވި ނަމަވެސް، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރުން އޭނާ ޑިސްކޮލިފައިކުރި އެވެ. މީގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ އެހެން ކެންޑިޑޭޓް، އެޑްމުންޑޯ ގޮންޒާލެޒް އުރުޓިއާއަށް އޭނާ ތާއީދުކުރެއްވި އެވެ. އިންތިހާބުގެ ނަތީޖާއާމެދު ބޮޑެތި ސުވާލުތައް އުފެދި، އިދިކޮޅު ފަރާތްތަކުން ބުނީ ނަތީޖާތައް އޮޅުވާލާފައިވާ ކަމަށެވެ.

ނޯވީޖިއަން ނޯބެލް ކޮމިޓީގެ ޗެއަރ، ޖޯގެން ވަޓްނެ ފްރިޑްނެސް ވިދާޅުވެފައިވަނީ، ”އޭނާގެ ފުރާނައަށް ސީރިއަސް އިންޒާރުތަކެއް ދެވުމާ ގުޅިގެން ފޮރުވިގެން ދިރިއުޅެން މަޖުބޫރުވި ނަމަވެސް، މަޗާޑޯ އޭނާގެ ގައުމުގައި ހުންނެވުމަށް ނިންމެވި ނިންމެވުމަކީ މިލިއަނުން މީހުންނަށް އިލްހާމް ލިބިގެންދިޔަ ކަމެއް“ ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން މި އިނާމަށް މަރުހަބާ ދަންނަވާފައިވެ އެވެ. އެ އޮފީހުގެ ސްޕޯކްސްޕަރސަން ތަމީން އަލް-ހީޓަން ވިދާޅުވެފައިވަނީ، ”މި އިއްތިރާފަކީ ވެނެޒުއެލާގެ ރައްޔިތުން މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކަކަށާއި، މަދަނީ އަދި ސިޔާސީ ހައްގުތަކަށާއި، ގާނޫނުގެ ވެރިކަމަށް ކުރާ ސާފު އުންމީދުތައް ދައްކުވައިދޭ ކަމެއް“ ކަމަށެވެ.

ވެނެޒުއެލާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ