އެޕަލް އިން އައިއޯއެސް 18.1ގެ ބޭޓާ ވާޝަން ނެރެފި: އޭއައި ފީޗަރތަކާއެކު އިތުރު ބޮޑެތި އަޕްޑޭޓްތައް

Advertisement

އެންމެ ފަސް

Advertisement

އެޕަލް އިން އައިއޯއެސް 18.1ގެ ބޭޓާ ވާޝަން ނެރެ، އައިފޯނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗަރތަކެއް ހިމެނޭ އަޕްޑޭޓެއް ގެނެސްފި އެވެ.

18.1 ގެ ބޭޓާ ވާޝަން އިން ފާހަގަކޮށްލެވޭ އެންމެ ބޮޑު އަޕްޑޭޓަކީ ”އެޕަލް އިންޓެލިޖެންސް“ ނަން ދީފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާތަކެއް އައި މެސެޖައް އިތުރުކޮށްފައި ވުމެވެ.

މި އަޕްޑޭޓާއެކު، ސްމާޓް ރިޕްލައިސްގެ ޒަރީއާއިން މެސެޖްތަކަށް އަވަސް ޖަވާބު ދިނުމުގެ އޮޕްޝަން ލިބުމުގެ އިތުރުން، އަންރީޑް ކޮންވަސޭޝަންތަކުގެ ޚުލާސާއެއް ފެންނާނެއެވެ.

މީގެ އިތުރުން، ނޯޓްސް އެޕަށްށްވެސް އަޕްޑޭޓެއް ގެނެސްފައިވެއެވެ. މި އަޕްޑޭޓުގައި އޭއައި ބޭނުންކޮށްގެން ލިޔުންތައް ޕްރޫފްރީޑްކުރުމާއި އަލުން ލިޔުމުގެ ފީޗަރ ހިމެނެއެވެ. މި ފީޗާ ބޭނުންކުރުމަށް ޓެކްސްޓް ސެލެކްޓްކޮށް ފްލޯޓިން މެނޫ އިން އޮޕްޝަން ނަގާކަށް ނުޖެހޭނެއެވެ.

އައިފޯނާއި އައިމެކް މެދުގައި ފައިލްތައް ޑްރެގް އެންޑް ޑްރޮޕް ކުރެވޭ ގޮތަށް ވެސް ހަދައިފައިވެ އެވެ. އެހެންނަމަވެސް މި ފީޗާ ބޭނުންކުރުމަށް ދެ ޑިވައިސްގައިވެސް އެންމެ ފަހުގެ ބޭޓާ ވާޝަން އިންސްޓޯލްކުރަން ޖެހޭނެ އެވެ.

މި އަޕްޑޭޓުގެ ބޭޓާ ވާޝަން މިހާރު ވަނީ ޑިވެލޮޕަރުންނަށް ލިބެން ފަށައިފަ އެވެ. އެހެންނަމަވެސް ހުރިހާ ފަރާތްތަކަށް މި އަޕްޑޭޓު ލިބޭނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

އެޕަލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ