ޔުނައިޓެޑާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބޯންމައުތު ބައްދަލުކުރި މެޗު، ފޯރިގަދަ ކުޅުމަކަށްފަހު 4-4 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ރޭކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ އަމަދު ޑިއާލޯ އެވެ. ނަމަވެސް، ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެންޓޮއިން ސެމެންޔޯ ވަނީ ލަނޑު ޖަހައި ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ކުރިހޯދާފައެވެ. ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ކަސެމީރޯ އެވެ. މިއާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.

ދެވަނަ ހާފު ފެށިގެން ބޯންމައުތުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން، ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެވަލިންސަން އެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ފުރަތަމަ ފަހަރަށް ކުރިހޯދައިދިނީ މާކަސް ޓަވަނިއާ އެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެވެ. އަދި އޭގެ ދެ މިނެޓު ފަހުން މަތެއުސް ކުންޔާ ވަނީ ލަނޑު ޖަހައި އަނެއްކާވެސް ޔުނައިޓެޑަށް ކުރިހޯދަދީފައެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ޖޫނިއާ ކްރޫޕީ ޖެހި ލަނޑާއެކު ބޯންމައުތުން ވަނީ ޔުނައިޓެޑު އަތުން އުނދަގު ޕޮއިންޓެެއް ހޯދާފައެވެ. މި މެޗު ވެފައިވަނީ މި ސީޒަނުގައި ކުޅުނު އެންމެ ފޯރިގަދަ އެއް މެޗަށެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިވަގުތު އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. އަދި ބޯންމައުތު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.

 

އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ޔުނައިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ