ވެމްކޯ ބަލިކޮށް ޕޮލިހުން ގައުމީ ވޮލީބޯޅަ ލީގު ކާމިޔާބުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި 3-2 ސެޓުން ކްލަބް ވެމްކޯ ބަލިކޮށް، ޕޮލިސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފަހުގެ ތާރީހުގައި ވެމްކޯ އިން އަންހެން ވޮލީބޯޅަ މުބާރާތްތައް ޑޮމިނޭޓް ކުރިނަމަވެސް، ޕޮލިހުން ވަނީ މިއަހަރުގެ ލީގު ކާމިޔާބުކޮށްފައެވެ. ޕޮލިހަށް އަނެހެން ވޮލީބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނީ ފަސް އަހަރު ފަހުންނެވެ.

ޕޮލިހުން މިއަހަރުގެ ލީގު ކާމިޔާބުކުރީ ފުރިހަމަ ރެކޯޑަކާއެކުއެވެ. ރޭގެ ފައިނަލް މެޗަށް ނިކުތް އިރުވެސް ޕޮލިހުން ވަނީ ލީގު ކަމިޔާބުކުރުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. އެގޮތުން، ޕޮލިހަށް މި މެޗުން ބޭނުންވަނީ ދެ ސެޓެވެ.

ޕޮލިހުން މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ 26-24 އިންނެވެ. މި ސެޓުގައި ވެމްކޯ އިން ވަނީ 21-24 ގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ޕޮލިހުން ވަނީ ވެމްކޯއަށް ޕޮއިންޓެއް ނުދީ، އިތުރު ފަސް ޕޮއިންޓު ހޯދައި ސެޓު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ސެޓު ނެގުމާއެކު ލިބުނު ހިތްވަރުން، ޕޮލިހުން ވަނީ ޖެހިގެން އަި ސެޓުވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުން ދެވަނަ ސެޓު ކާމިޔާބުކުރީ 17/25 އިންނެވެ. ނަމަވެސް، ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ދެ ސެޓު ކާމިޔާބުކުރީ 25/19 އަދި 25/23 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ޕޮލިހުން މޮޅު ކުޅުމެއް ކުޅުނުއިރު، ވެމްކޯއަށް ވަނީ ގިނަ ގޯސްތަކެއް ހެދިފައެވެ. ޕޮލިހުން މި ސެޓު ކާމިޔާބުކުރީ 5/15 އިންނެވެ.

މިއަހަރުގެ މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރުގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިހުގެ އައިމިނަތު އަރީޝާ (އަރީ) އެވެ. އަރީގެ އިތުރުން ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ އައިޝަތު މާޖިދާ (މާޖީ)، ޖޫޒާން ޒަރީރު (ޖޫޒް)، ނަރީމާ އިދުރީސް (ނަންނި)، ނުހާ ވަހީދު، ޕޮލިހުގެ މަރިޔަމް އަޒުމާ އަދި ފްލެކްސާގެ ފާތިމަތު ޝަމްހާ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ޕޮލިހުގެ ގްރަޒިއޭލް އެވެ. އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ މުނާ މުނީރު (މުންނަ) އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހުރާގެ މަރިޔަމް ރިޝްފާ އެވެ.

 

ގައުމީ ވޮލީބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ