ޗެމްޕިއަން އޭދަފުށި ކަޓުވާލުމަށްފަހު ގަން ސެމީއަށް

Advertisement

އެންމެ ފަސް

Advertisement

ގޯލްޑެން ފުޓްސަލް ޗެލެޖް 2025 ގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި ބަލިކޮށް، ލ. ގަން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޭދަފުށިން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގަން ބަލިކުރުމަށްފަހުއެވެ. ނަމަވެސް، މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށި ބަލިކޮށްފަ އެވެ. މިރޭ ގަމުން ވަނީ އޭދަފުށި ކަޓުވާލުމަށްފަހު ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ލަނޑެއް ޖަހައި، އޭދަފުށްޓަށް ކުރިހޯދަދީފަ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން މުއާޒް އަލީ ޖެހި ލަނޑާއެކު އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

ދެވަނަ ހާފުގައި ގަމުން ވަނީ ކުޅުން ރަނގަޅުކޮށް، އޭދަފުށީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން، ހާފު ފެށިގެން ހަވަނަ މިނެޓުގައި ހަސަން ފަވާޒް (ފައްވަ) ވަނީ ލަނޑެއް ޖަހައި ގަމަށް އުއްމީދު އައުކޮށްދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ފައްވަ ވަނީ އިތުރު ލަނޑެއް ޖަހައި ގަމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވިރިއު ދެ ޓީމު އެއްވަރުވުމުން، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

ގަމުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ހަލީމް (އައްމަޑޭ)، ފައްވަ، މުހައްމަދު ރަޒާން (ރާއްކޮ) އަދި އަލީ ޝާމިސް (ތޮއްޕެ) އެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ އަހުމަދު އަޝްރަފް ޔޫސުފް، މުހައްމަދު ފާސިރު (ފާއްޓެ) އަދި ހުސައިން ޝަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަމަށް ދެ ލަނޑު ޖަހައިދިން ފައްވަ އެވެ.

ސެމީ ގައި ގަން ނިކުންނާނީ ހދ. ނައިވާދޫ އާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 20:00 ގަ އެވެ.

ބ. އޭދަފުށީ ގޯލްޑަން ފުޓްސަލް ޗެލެންޖް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ