ބެލޮންޑިއޯ ނޮމިނީސް އިއުލާނުކޮށްފި، ރޮނާލްޑޯ އާއި މެސީ ނުހިމެނޭ

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް އިއުލާނުކުރިއިރު، ފަހުގެ ތާރީހެއްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަށް ފުރުސަތު ގެއްލިއްޖެ އެވެ.

2004 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ދެ ކުޅުންތެރިން ކުރެ ކުޅުންތެރިޔަކު ވަނީ މި އެވޯޑަށް ނޮމިނޭޓް ވެފައެވެ. މިއީ 21 އަހަރު ތެރޭ، މި ދެ ކުޅުންތެރިންގެ ނަން ނުހިމެނޭ ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯ އާއި މެސީ އަކީ ފަހުގެ ތާރީހެއްގައި އެންމެ ވާދަވެރު ދެ ކުޅުންތެރިންނެވެ. އެގޮތުން، މެސީ ވަނީ އަށް ފަހަރު މި އެވޯޑު ހޯދައި، ރެކޯޑު ހަދާފަ އެވެ. އަދި ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފަ އެވެ. ބުދަ ދުވަހުު އިއުލާނުކުރި ގަދަ 30 ކުޅުންތެރިންގެ ލިސްޓުގައި މި ދެ ކުޅުންތެރިން ނުހިމެނެ އެވެ. މި ރަސްމިއްޔާތު ކުރިޔަށް ދާނީ އަންނަ މަހު 28 ވަނަ ދުވަހު އެވެ.

މި އެވޯޑަށް ނޮމިނޭޓްވި ބައެއް ކުޅުންތެރިންނަށް ބަލާއިރު، ވިނީޝިއުސް ޖޫނިއާ، ރޮޑްރީ، ޖޫޑް ބެލިންހަމް، ކީލިއަން އެމްބާޕޭ، އާލިން ހާލަންޑް އަދި ހެރީ ކޭން ހިމެނެ އެވެ.

ވިނީޝިއުސް އާއި ބެލިންހަމް ވަނީ ރެއާލް މެޑްރިޑުން ސެޕެނިޝް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ހާލަންޑު ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑާއެކު، ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން، ރޮޑްރީ ވަނީ ސިޓީ އާއެކު ޕްރިމިއާ ލީގު އަދި ސްޕެއިން އާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑު ހޯދާފައިވަނީ މިވަގުތު އިންޓަ މިއާމީ އަށް ކުޅެމުންދާ މެސީ އެވެ. އޭނާ އެންމެ ފުރަތަމަ މި އެވޯޑު ހޯދީ 2009 ވަނަ އަހަރު އެވެ. އެޔަށްފަހު، އޭނާ ވަނީ ވިދިވިދިގެން ހަތަރު ފަހަރު މި އެވޯޑު ހޯދާފަ އެވެ.

ރޮނާލްޑޯ އާއި މެސީގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކު، އިތުރު އެހެން ކުޅުންތެރިޔަކަށް މި ދެ ކުޅުންތެރިންނާ ގާތް ކުރެވިފައެއް ނުވެއެވެ.

ބެލޮންޑިއޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ