މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ޖުލައި ހަތަރަކަށް ފަސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހަށް ފަސްކޮށްފި އެވެ.

ކުރިން ޖޫން 27 ގައި ބާއްވަން އުޅުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ ޖުލައި ހަތަރެއްގަ އެވެ.

އެވޯޑު ހަފްލާ ލަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ. މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ